ކެންދޫ މަޤާމް
ހަސަދައިގެ "ފަނި"
![]() |
| ރާއްޖޭގެ ކުރީގެ ރައީސް، ރައީސް ނަޝިދު ކެންދުއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް |
ޢިމްތިޙާނުގެ ގޮވައްޗެކަމުގައި މިދުނިޔެ
ލައްވައި، އިންސާނާ މި ދުނިޔޭގައި ޚަލީފާވެރި ކުރެއްވިއެވެ. އެހެން ކަމުން އިންސާނުންގެ
ކިބައިން ފިތުނަވެރި ޢަމަލުތަކެއް ފެނުމަކީ ޤުދުރަތީ ޤާނޫނުގެ ތެރެއިން ތަދުބީރުވަމުން
ހިނގާ ކަންތައްތަކެކެވެ. އިންސާނާއަށް އޮތީ ވީވަރަކުން، މިފަދަ ފިތުނަވެރި
އެންމެހާ ޢަމަލުތަކުން ދުރުވުމެވެ. މިފަދަ ފިތުނަވެރި ޢަމަލުތަކުގެ ތެރެއިން
އަޅުގަނޑުމެންގެ މުޖުތަމައުތަށް ރޫޅި، ހަލާކުގެ މަގަށް މިސަރާބު ޖެހުވި އެއްމެ
ނުބައި ފިތުނައަކީ ހަސަދަވެރިކަމެވެ. ހަސަދައިގެ މި "ފަނި" ނުވަންނަ
ދޭތެރެއެއް މަދެވެ. ބޮޑެތި، ދުރު ދޭތެރެ ތަކަށާއި ކުދި، ފިތި ދޭތެރެ ތަކަށްވެސް
މެއެވެ.
ހަސަދަވެރި ކަމަކީ އެމީހަކު ހަލާކު ކުރަނިވިފަދަ
ނުބައި ސިފައެކެވެ. މާތްވެގެންވާ ކީރިތި ޤުރުއާނުގައި އެ ޢަމަލެއް އެއީ ނުބައި
ޢަމަލެއްކަމަށް ބަޔާންވެގެން ވާނީ، ހަމަ ގައިމުވެސް އެ ޢަމަލެއްގެ ނުބައިކަން
އިންތިހާއަށް ވާތީއެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވާފައިވާ
ބަސްފުޅެއްގެ މާނައިގައި ވެއެވެ. " އަދި ހަސަދަވެރިއަކު، ހަސަދަވެރި ވާހިނދު،
އެ ހަސަދަވެރިޔާގެ ނުބައި ކަމުންނެވެ" (ފަލަޤް،5). އަދި ހަމަ އެއާއިއެކު،
މާތް މުޙައްމަދު ނަބީކަލޭގެފާނުގެ ހަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "
އަލިފާނުން ދަރު އަދައިގެންދާ ފަދައިން، ހަސަދަވެރިކަން ތިބާގެ ހެޔޮ ޢަމަލިތައް
ނެތިކޮއްލައެވެ." (ސުނަނު އަބޫ ދާވޫދު، 4903)
ޢިލްމުވެރިންގެ އަރިހުގައި، "ހަސަދަ"
މައިގަނޑު ތިން ބަޔަކަށް ބައްސަވައެވެ. އެންމެ ފުރަތަމަ ބަޔަކީ އެހެންމީހުންނަށް
ލިބިފައިވާ ނިޢުމަތްތަކުން އެބައިމީހުން މަހުރޫމް ކުރުމަށް ޢަމަލާއި ބަހުން
މަސައްކަތްކޮށް ހަމަ އެއާއިއެކު އެ ނިޢުމަތް ތިމާއަށް ލިބުމަށް އެދޭ މީހުންނެވެ.
ދެވަނަ ބަޔަކީ އެހެން މީހުންނަށް ލިބިފައިވާ ނިޢުމަތްތައް ނެތި ދިއުމަށް އެދުމެވެ.
މާތުރަ، މިބައިމީހުން، މިބައިމީހުންނަށް އެ ނިޢުމަތްތައް ލިބުމަކަށް އަމުދަކުން
ނޭދޭނެއެވެ. ހަސަދައިގެ އެންމެ ނުބައި ދެ ވައްތަރަކީ މިއީ އެވެ. ހަމައެއާއި އެކު
މިއީ ޝަރްޢުގައި ނަހީ ކުރައްވާފައިވާ ދެ ވައްތަރުވެސް މެއެވެ. ނުބައިވެގެންވާ
ޝައިތާނާވެސް ކުރީ މި ފާފައެވެ. ހަސަދަވެރިވާ މީހުންގެ ތެރެއިން ތިންވަނައަށް
ޢިލްމުވެރިން ނަންގަވާ ބަޔަކީ ތިމާގެ އަޚާގެ ނިއުމަތްތައްފެނި، އެ ނިއުމަތްތައް
ނެތި ދިއުމަށް އެދުމަކާއި ނުލައި، ތިމާއަށް އެފަދަ ނިއުމަތްތަށް ލިބުމަށް
އެދުމެވެ.
......
![]() | |
|
ހަސަދަވެރިކަމުގެ ރަހަ ނުލާ މުޖުތަމައެއް މިއަދު،
މި ދުނިޔޭގައި ނޯންނާނޭ ބުނުމަކީ ކުއްބަހަކަށް ނުވާނެއެވެ. ބޮޑެތި ބައްރުތަކުން
ފެށިގެން ގޮސް ކުދި ކުދި ޖަޒީރާ ރަށްތަކުގެ އަހުލުވެރިންވެސް ތަހައްމަލު ކުރަމުން
ދަނީ މި ހަސަދަވެރި ކަމުގެ ތުރާލެވެ. ހަސަދައިގެ "ފަނި" އެޅުމުގެ ނަތީޖާ
އަކީ އެންމެ ގާތް ދެ މިތުރުން ހަތުރުންނަށް ވުމެވެ. ބަދަހި ގުޅުންތައް ރޫޅި
ވިއްސިވިހާލި ވުމެވެ. ޖަމާއަތުގެ "މަފްހޫމް" މުޅިންހެން އޮޅި
ގެއްލުމެވެ.
މިފަދަ ހަސަދަވެރި މުޖުތަމައެއްގެ ކުރިމަގު
އަބަދުވެސް އޮންނާނީ ކަޅު ބޯ ވިލާގަނޑެއްގެ ދަށުގައެވެ. އެ މުޖުތަމައަކަށް ފާގަތި
ކަމެއް ލިބުމަކީ ތަދި އުނދަގޫ ކަމެކެވެ. ކިތައްމެ ހެޔޮ ނިޔަތެއްގައިމެ ބަޔަކު
ކަމެއް ކޮއްފިނަމަ، އެއީ ކަނޑައެޅިގެން ރަނގަޅުކަމެއް ކަމުގާ ތިމާއަށް ގަބޫލު
ކުރެވުނަސް، އަނެކާ އާއި މެދު އޮންނަ ހަސަދަވެރިކަމުގެ ސަބަބުން އެކަން އެއީ
ރަނގަޅު ކަމެއް ކަމަށް ގަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ. ކަން މިހެން
ހުރުމާއެކު، އެފަދަ މުޖުތަމައުތަކުގެ ކުރިމަގަށް ކުރެވޭ ކޮންމެ ކަމަކަށް ހުރަސް
އެޅެއެވެ. ތަރައްގީއަށް އެޅޭ ކޮންމެ ފިޔަވަޅެއް ފުހެލެވެއެވެ.
ހިޔާލަކީ ތަފާތު އެއްޗެކެވެ. ތަފާތުވާ ކޮންމެ
ހިޔާލަކީ އޭގެ ކަނި ބުރައިގެން ގޮސް އިތުރު އަލިފާންގަނޑެއް ރޮއެވާންޖެހޭނޭ
ސަބަބެއް ނޫނެވެ. ބުއްދިވެރި މީހަކީ އުފެދޭ ހިޔާލު ތަފާތުވުން ތަކާއި އެކުގައިވެސް
ކުރިއަށް ދާ މީހާއެވެ. ބުއްދިވެރި މުޖުތަމައަކީ ވެސް ހަމަ މިއީއެވެ.
މުޖުތަމައަކަށް ފާގަތިކަމާއި ކުރިއެރުމާއި ދިރުން ލިބޭނީ މި މޭރުމުން އަމަލު
ކޮއްގެނެވެ.
ހަސަދައިގެ "ފަނި" މަރާލުމަކީ
ހަގީގަތުގައި ވަރަށް ފަސޭހަ ކަމެކެވެ. ގޮތް ދޫކުރުމާއި، ބަސްގަބޫލު ކުރުމަކީ
ހަސަދައިގެ "ފަނި" އެކަންތައްތަކެއް ދެކި އިންތިހާއަށް ބިރު ގަންނަ
ކަންތައްތަކެކެވެ. ހަމަ އެއާއިއެކު އިޙްތިރާމް ކުރުމުގެ ރީތި ސިފަ އަކީ
ހަސަދަވެރިކަމުގެ "ފަނި" މުޅީންހެން މަރާލާނޭ ކަމެކެވެ. ތިބާ އަނެކާއަށް
އިޙްތިރާމް ކުރާނަމަ އަނެކުން ތިބާއަށް އިޙްތިރާމް ކުރާނެއެވެ. އިޙްތިރާމު ކުރުމަކީ
ތޯތޯ ކަމެއް ނޫނެވެ. އޭގެ މޭވާ ފޮނި މީރު ކަމެކެވެ. މުޖުތަމައުތަކުގެ ހަނަފަސް
ބިންތަކަށް ދިރުން ގެނުވަނިވި ބޯ ވާރޭ އެކެވެ. ކަން މިހެން ހުރުމާއި އެކު،
މުޖުތަމައު ތަކުގައި އެކަކު އަނެކަކަށް ކުރާ ޢިހްތިރާމާއި ގަދަރާއި ލޯބި އިތުރު
ކުރަންވީއެވެ. ދޭދޭ އަޙުންގެ ގުޅުންތަށް އިހުނަށްވުރެން ގަދަ ކުރަންވީއެވެ.
ފާގަތިކަން އޮތީ ހަސަދަވެރިކަމުން ދުރުވެ، ސުލްހަވެރި ކަމަށް ލޯބި
ކޮއްގެންކަމާއިމެދު ޝައްކެތްނެތެވެ.
Comments
Post a Comment