Thabureyz

ކެންދޫ މަޤާމް

Image
 ކެންދޫ މަޤާމް ކެންދޫ މަޤާމް ކަރުދާހުގެ ޕީ.ޑީ.އެފް ފައިލް . މި ކަރުދާހަކީ  ދިވެހިރާއްޖެ އިސްލާމްވުމުގެ ހާދިސާއާއި ގުޅިގެން، ދިވެހި ރާއްޖޭގެ ރަށެއްގައި ދެކެވޭ ވާހަކައަކާއި އެވާހަކައާއި ގުޅިފައިވާ ބިނާއެއްގެ މަޢުލޫމާތު އެކުލެވޭ ކަރުދާހެކެވެ . މިއީ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގައި ދެކެވޭ ތާރީޚީ ވާހަކައެކެވެ. އަދި މިއީ ރާއްޖެ އިސްލާމްވުމާއި ގުޅިގެން ކެންދޫގައި ދެކެވޭ ،  މި "ޤަދީމީ" ވާހަކަ، މިއަދު ގިނަބައެއްގެ ހަނދާނުގައި ނެތުމާއި އެކު، އެ ވާހަކަ ހަނދުމަކޮށްދިނުމުގެ ބޭނުމުގައި ލިޔެވިފައިވާ ކަރުދާހެކެވެ . އަދި މިއީ ކެންދޫގައި ހުންނަ ކެންދޫ މަޤާމްފުޅުގެ ޙަޤީ ގަތާއި އެ ބިނާއާއި ބެހޭ ގިނަ މަޢުލޫމާތު އެކުލެވިގެންވާ ކަރުދާހެއް ވެސް މެއެވެ. އެހެންނަމަވެސް ،  މިއީ މަޢުލޫމާތު އެންމެ ފުރިހަމަ ކަރުދާހެއް ވެސް ނޫނެވެ. އެނގިހުރި މިންވަރަކުން، ހޯދުނު މަޢުލޫމާތެއް މި ކަރުދާހު ގައި ހިމަނާލީމެވެ. ކުށްބަހެއް މ ީ ގައިވާނަމަ އެކަމަށް މަޢާފަށް އެދެމެވެ. އަދި ގަސްތުގައި ބައެއް މަޢުލޫމާތު ނުހިމަނާވެސް ދޫކ ޮ ށްލާފައިވާނެއެވެ. އެއީ ކިޔުންތެރިން އަމިއްލަ އަށް މަޤާމްފުޅުގެ މަޢުލޫމާތު ހޯދުމަށް ޝައ...

!... އަހަރެންގެ ހެޔޮ ފާހަގަ، ތިބާ އަށް ބޮޑު މުސާރަ

!... އަހަރެންގެ ހެޔޮ ފާހަގަ، ތިބާ އަށް ބޮޑު މުސާރަ

ފޮޓޯ: ބަޖެޓް ހޮލިޑޭ މޯލްޑިވްސް

ދުނިޔޭގައި އިންސާނުން ދިރިއުޅެނީ އެމީހަކަށް މިންވަރު ކުރެއްވި ހާލަކައިގެންނެވެ. ތަނަވަސްކަމާ އާރާއި ބާރުގައި އެއްބަޔަކު އުޅޭއިރު އަނެއްބައި މީހުން އެބައިމީހުންގެ އަނގަޔާއި އަތާއި ދިމާ ނުވާ ހާލުގައިވެސް އުޅެއެވެ. އަދި އަނެއް ބަޔަކު އެއަށްވުރެ ވެސް ނިކަމެތި ހާލުގައި އުޅެއެވެ. ހަމަ އެޔާއެކު މާ ބޮޑު ތަނަވަސްކަމެއް ނެތި، ލިބޭ މިންވަރުން ދެކޮޅުޖެހޭ (މެދުމިނުގެ) މީހުންވެސް އުޅެއެވެ. އަޅުގަނޑުމެންގެ ދިވެހި މުޖުތަމައުތަކުގައި ގިނައީ މިދެންނެވި މެދުމިނުގެ އާއިލާ ތަކެވެ............

ޖުމްހޫރީ ވެރިކަމެއްގައި، ރިޔާސީ ނިޒާމެއްގެ ތެރޭގައި ހިނގަމުންދާ މި ދިވެހި ރާއްޖޭގައި ވެސް އެތަކެއް އިންތިހާބުތަކެއް އޮވެއެވެ. ދިވެހިންގެ ކުރިމަތީގައި މިހާރު އޮތް އިންތިހާބަކީ ލޯކަލް ކައުންސިލް އިންތިހާބެވެ. ކުދިކުދި ރަށްތަކާއި އަތޮޅުތަކާއި ސިޓީ ތަކުގެ އިންތިހާބެވެ. މި ކުދި ކުދި މުޖުތަމައުތަކުގެ ތަރައްގީ އާއި ލާބައަށް އެ މުޖުތަމައުތަކުން "އިސްނަގާ" އެތަކެއް ބަޔަކު ވަނީ ކުރިމަތި ލާފައެވެ. މިއިން ކޮންމެ ކެނޑިޑޭޓެއްގެ ވެސް ނިޔަތަކީ އެ މުޖުތަމައުތައް ކުރި އަރުވާ ތަރައްގީ ކޮއްދިނުން ކަމުގައި އަޅުގަނޑު ގަބޫލުކުރަމެވެ.

ރާއްޖޭގެ ސިޔާސީ މާހައުލަކީ ހަލަބޮލި ވާދަވެރި މާހައުލެކެވެ. އޭގެ ނަތީޖާ އަކަށް ވަނީ އިންތިހާބުތަކުގާ ވަދާކުރާ ކެނޑިޑޭޓުންގެ އަދަދު އިންތިހާއަށް ގިނަ ވުމެވެ. އާންމު ރައްޔިތު މީހާއަށް ގޮތް ނިންމުމަށް ދަތިވާވަރަށް، ގިނަ ކެނޑިޑޭޓުން ކުރިމަތިލައެވެ. އާންމުކޮށް ވާދަ ކުރެވެނީ ސިޔާސީ ގޮތުން އެންމެ ބޮޑު ދެ ޕާޓީ އަށް ނިސްބަތްވާ ކެނޑިޑޭޓުންނެވެ. އާންމު ރައްޔިތުންގެ ވޯޓުވެސް ގިނަ ފަހަރަށް ތަބައަ ވަނީ މިދެންނެވި ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓުންނަށެވެ. އެމީހެއްގެ އިހްލާސްތެރިކަމާއި، ލަޔާގަތާއި ގާބިލުކަމަށްވުރެ ބޮޑަށް ސަމާލުކަން ދެވެނީ ތިމާގެ ހިތުގައިވާ ކުލައަކަށެވެ. ނަޒާހަތްތެރިކަމާއި އަބުރުވެރިކަން މުޖުތަމައުތަކުން ނެތި ދަނީ މި މޭރުމުން ކަންތަށްތައް ކުރެވޭތީއެވެ. މިފަދަ ބޮޑެތި މަސްއޫލިއްޔަތުތަކާ ހަވާލުވެވޭއިރު މިއީ ކިހާބޮޑު އަމާނާތެއްކަން ހަނދާން ހުންނަނީ އޭގެ ތެރެއިން ކިތައް މީހުންބާއެވެ؟ އަދި ފާހަގަ ދިނުމުގައި އެކަމަށް ސާމާލުކަން ދެނީ ކިތައްް ރައްޔިތުން ތޯއެވެ؟

ޕާޓީ ނިޒާމުގައި އެކި ޕާޓީ ތަކުން އެކި މީހުން އިންތިހަބުތަކަށް ވާދަކުރެއެވެ. މި މޭރުމުން ޕާޓީތަކުން ނެރޭ ފަރާތްތައް ނެރުމުގައިވެސް ބަލަނީ ގިނަ ވޯޓު ލިބޭނޭ މީހަކަށެވެ. މިއީ ހަގީގަތުގައި ޕާޓީ ތަކުގެ ބޮޑުންނަށް ލިބޭ މޮޅެކެވެ. ކުދި ކުދި މުޖުތަމައުތަކުގެ އަހުލުވެރީންނަށް މިއިން ލިބޭ މޮޅެއް، ކުރާ މަންފާއެއް ނެތެވެ. އެފަދަ ކެނޑިޑޭޓުން، އިންތިހާބުތައް ކާމިޔާބުކޮށް ހިދުމަތުގެ ލަގަނުގައި ހިފައިގެން އުޅޭ އުޅުމުގައި އެތަކެއް ނުފޫޒެއް ކުރިމަތިވެއެވެ. ޖަމާއަތުގެ މަންފާއަށްވުރެ ބޮޑަށް ޕާޓީގެ މަންފާ އިސްކުރެވެއެވެ. އާހިރުގައި ދަންޖާލުގައި ޖެހެނީ އެ މުޖުތަމައުތަކުގެ ނިކަމެތި ރައްޔިތުންނެވެ.

އިންތިހާބުތަކަށް އަމިއްލައަށް އިސްނަގައިގެން ކުރިމަތިލާ މިނިވަން ކެނޑިޑޭޓުންވެސް އުޅެއެވެ. މިފަދަ މީސްމީހުންނަކީވެސް ގިނަ ފަހަރަށް ކޮންމެވެސް ސިޔާސީ ޕާޓީއަކަށް އޭނާގެ ހިތް ލެނބިފައިވާ މީހުންނެވެ. އެމީހުން ނުކުންނާނީވެސް ކޮންމެވެސް ސިޔާސީ ވަކި ފިކުރެއްގެ، ބޮޑުންތަކެއްގެ އެއްބާރުލުން އިންތިހާއަށް ލިބިގެންނެވެ. ކޮންމެ ކުލަ އަކަށް އެމީހަކު ނިސްބަތްވި ނަމަވެސް އަދި ވަކި ކުލައެއް ޖެހިފާ ނުވާ މީހެއް ނަމަވެސް، ވޯޓު ކަރުދާހުގައި ޖަހާ ހެޔޮ ފާހަގަ ޖެހުމުގެ ކުރިން އެމީހެއްގެ ލަޔާގަތާއި ގާބިލުމަކަށް ވިސްނުނަމަކީ އެއީ އެންމެ ބުއްދިވެރި ގޮތް ކަމުގައި އަޅުގަނޑު ދެކެމެވެ.

ފޮޓޯ؛ އައްޑޫ ލައިވް

"އަހަރެންގެ ހެޔޮ ފާހަގަ"، އެއީ ތިބާ އަށް ބޮޑު މުސާރައެއް ހައްގުވާ ކަމަކަށް ވާނެއެވެ. އެހެނީ އެ ކުޑަކުޑަ ފާހަގައިން ކެނޑިޑޭޓަކު އިންތިހާބު ވެދާނެއެވެ. އާންމު ރައްޔިތު މީހާ އެ ހެޔޮފާހަގަ، އެ ޖަހަނީ އޭނާގެ ހާލަތު އިހުނަށް ވުރެ ރަނގަޅު ވާނޭ ކަމުގެ ކޮންމެވެސް ފޮނި އުންމީދެއް ހިތުގައި އޮވެގެންނެވެ. ނަމަވެސް އެ ނިކަމެތި ރައްޔިތު މީހާގެ ހެޔޮ ފާހަގައިގެ ސަބަބުން ތަނަވަސްކަން ހުރި ފާގަތި ދިރިއުޅުމެއް ލިބިގެން ދަނީ އިންތިހާބުވާ މީހަކަށެވެ. މިހާ ހިސާބުން އުފައްދަން މަޖުބޫރުވާ ސުވާލަކީ، "އަހަރެންގެ ހެޔޮ ފާހަގަ އަކުން، ތިބާއަށް ބޮޑު މުސާރައެއް ދޭންވީ ކީއްވެ ހެއްޔެވެ؟" ތިބާ އަކީ ވަކި ކާކު ހެއްޔެވެ؟ ތިބާ އަކީވެސް މި މުޖުތަމައުގައި އަހަރެންނެކޭ އެއްގޮތަށް އުޅެމުން އަންނަ ދިވެހި ދަރިއެކެވެ.

މާޒީ އަކީ މުސަތަގުބަލު ބަލާ ލޯގަނޑެވެ. މަޒީގައި ކަންތައްތައް ހިނގާފައިވާ ގޮތަކީ މުސްތަގުބަލުގައި އެކަންކަން އެމޭރުމުން ހިނގުމުގެ ފުރުސަތު އިންތިހާއަށް ބޮޑު ގޮތްތަކެކެވެ. ރަށްތަކާއި އަތޮޅުތަކާއި ސިޓީތަކުގެ މަޒީއަށް ބަލާ ވިސްނުމަކީ މުހިންމު ކަމެކެވެ. ގިނަ ފަހަރަށް ގިނަ ކައުންސިލް ތަކުގައި ފެންނަނީ ހިތާމަވެރި މަންޒަރު ތަކެކެވެ. މުޖުތަމައުތަކުގައި އުޅޭ އެކި ދަރަޖަ ދަރަޖައިގެ ރައްޔިތުންގެ ހެޔޮ ފާހަގަތަކުގެ ސަބަބުން އިންތިހާބުވާ މީހުން، އެމީހުންގެ މަގާމުގައި ދުވަސްތައް ހޭދަކޮއްލަނީ އެ ނިކަމެތި ރައްޔިތުންގެ ހާލަށް ވިސްނާނުލައެވެ. އެމީހުންގެ އެ ހެޔޮ ފާހަގަތަކުން، ތިމާ އަށް ލިބިނު ބޮޑު މުސާރައިން ބަނޑު ފުރާ މުއްތިކޮށް އަރާމުކުރަމުން ދަނީ ވާޖިބުތަކެއް ބޮލުގައި އެޅިފައިވާ ކަން ހަނދާންނެތިއެވެ.

މުޖުތަމައެއްގެ އަގުލަބިއްޔަތުން، އެ މުޖުތަމައަކަށް ހިދުމަތް ކޮށްދިނުމަށް ނުކުންނަ މީހުންގެ ފަރާތުން ހިދުމަތްކުރުމުގެ ރީތި އަހުލާގު ގެއްލޭ ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. ހަގީގަތުގައި އެފަދައިން އިންތިހާބުވާ ކޮންމެ މީހަކީވެސް، އެމީހަކަށް ވޯޓުދިން، އަދި އެމީހަކު ނިސްބަތްވާ މުޖުތަމައެއްގެ ވަކި ވަކި އަފުރާދުންގެ ހާދިމުންނެވެ. ހާދިމެއް ނަމަވެސް ހިދުމަތް ދިނުމުގައި ހަމައާއި ހުދޫދެއް އޮންނާނޭކަންވެސް އެބައިމީހުން ދަންނާން ޖެހޭނެއެވެ. މިފަދައިން ހިދުމަތް ނުކޮއްދީ، ބޮޑު މުސާރައިގެ ޖާދޫގައި ޖެހިއްޖެ މީހަކީ ގެއްލުމާއި ހަލާކަށް ހުށަހެޅިއްޖެ މީހެކެވެ. ދުނިޔޭގެ ލަދާ، ތަދާ، ވޭނާ އުދާސް އިހުސާސް ކުރަން ޖެހިއްޖެ މީހެކެވެ. ކަން މިހެން ހުރުމުން އަނެއްކާވެސް އުފެދޭ ސުވާލަކީ "އަހަރެންގެ ހެޔޮ ފާހަގައިން ތިބާ އަށް ބޮޑު މުސާރައެއް ދޭންވީ ކީއްވެ ހެއްޔެވެ؟" އާންމު ރައްޔިތު މީހާގެ ފާހަގަ އެކެވެ. އެއީ ތިބާގެ އެއްޗެއް ނޫނެވެ.

ކެންޕޭނުކުރުމުގައި ކެނޑިޑޭޓުން މިސުވާލަށް ޖަވާާބުދެއްވާށެވެ. އަދި އިންތިހާބަށްފަހު ބަހާ އަމަލާ ސީދާ ކުރައްވާށެވެ. އޭ ލޮބުވެތި ރައްޔިތުންނޭ! އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނާ އެ ސުވާލު ކޮއްލާށެވެ. އަދި އިންތިހާބަށް ފަހު އެއީ ތިޔަ ރައްޔިތުންގެ ހާދިމުން ކަމުގައި ތަކުރާރުކޮށް އެބައިމީހުންނަށް ހަނދުމަ ކޮއްދޭށެވެ.

ނިކަމެތި ރައްޔިތު މީހާގެ ހެޔޮ ފާހަގައިން، ބޮޑު މުސާރަ ލިބި،  އުފަލާއި އަރާމުގައި ތިބާ ދިރިއުޅޭއިރު އަނެކުންގެ ހާލަށް ވިސްނާށެވެ. މުޖުތަމައު އެދި ގޮވާ ގޮވުންތައް ކަނުލާ އަޑު އަހާށެވެ. އަހާ އަޑުތަކަށް އިޖާބަ ދޭށެވެ. އެ އަޑުތައް ބޮލާލައި ޖަހައިފި މީހަކީ، މުޅި އުމުރުގައިވެސް ހިތާމަ ކޮއްގެން އުޅެން ޖެހިފައިވާ މީހެއްކަން ހަމަ ޔަގީނެވެ.

Comments

Popular posts from this blog

ކެންދޫ މަޤާމް

ވާޖިބަށް ވިސްނާ