ކެންދޫ މަޤާމް
ކެންދޫ މަޤާމް
މިކަރުދާހަކީ ދިވެހިރާއްޖެ އިސްލާމްވުމުގެ ހާދިސާއާއި ގުޅިގެން، ދިވެހި ރާއްޖޭގެ ރަށެއްގައި ދެކެވޭ ވާހަކައަކާއި އެވާހަކައާއި ގުޅިފައިވާ ބިނާއެއްގެ މަޢުލޫމާތު އެކުލެވޭ ކަރުދާހެކެވެ. މިއީ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގައި ދެކެވޭ ތާރީޚީ ވާހަކައެކެވެ. އަދި މިއީ ރާއްޖެ އިސްލާމްވުމާއި ގުޅިގެން ކެންދޫގައި ދެކެވޭ، މި "ޤަދީމީ" ވާހަކަ، މިއަދު ގިނަބައެއްގެ ހަނދާނުގައި ނެތުމާއި އެކު، އެ ވާހަކަ ހަނދުމަކޮށްދިނުމުގެ ބޭނުމުގައި ލިޔެވިފައިވާ ކަރުދާހެކެވެ. އަދި މިއީ ކެންދޫގައި ހުންނަ ކެންދޫ މަޤާމްފުޅުގެ ޙަޤީގަތާއި އެ ބިނާއާއި ބެހޭ ގިނަ މަޢުލޫމާތު އެކުލެވިގެންވާ ކަރުދާހެއްވެސް މެއެވެ. އެހެންނަމަވެސް، މިއީ މަޢުލޫމާތު އެންމެ ފުރިހަމަ ކަރުދާހެއްވެސް ނޫނެވެ. އެނގިހުރި މިންވަރަކުން، ހޯދުނު މަޢުލޫމާތެއް މި ކަރުދާހުގައި ހިމަނާލީމެވެ. ކުށްބަހެއް މީގައިވާނަމަ އެކަމަށް މަޢާފަށް އެދެމެވެ. އަދި ގަސްތުގައި ބައެއް މަޢުލޫމާތު ނުހިމަނާވެސް ދޫކޮށްލާފައިވާނެއެވެ. އެއީ ކިޔުންތެރިން އަމިއްލަ އަށް މަޤާމްފުޅުގެ މަޢުލޫމާތު ހޯދުމަށް ޝައުގުވެރިކޮށް، ކިޔުންތެރިންނަށް ވެސް ކޮންމެވެސް ޒިންމާއެއް ހަވާލުކުރުމުގެ މަޤުޞަދުގައެވެ!

Comments
Post a Comment