Thabureyz

ކެންދޫ މަޤާމް

Image
 ކެންދޫ މަޤާމް ކެންދޫ މަޤާމް ކަރުދާހުގެ ޕީ.ޑީ.އެފް ފައިލް . މި ކަރުދާހަކީ  ދިވެހިރާއްޖެ އިސްލާމްވުމުގެ ހާދިސާއާއި ގުޅިގެން، ދިވެހި ރާއްޖޭގެ ރަށެއްގައި ދެކެވޭ ވާހަކައަކާއި އެވާހަކައާއި ގުޅިފައިވާ ބިނާއެއްގެ މަޢުލޫމާތު އެކުލެވޭ ކަރުދާހެކެވެ . މިއީ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގައި ދެކެވޭ ތާރީޚީ ވާހަކައެކެވެ. އަދި މިއީ ރާއްޖެ އިސްލާމްވުމާއި ގުޅިގެން ކެންދޫގައި ދެކެވޭ ،  މި "ޤަދީމީ" ވާހަކަ، މިއަދު ގިނަބައެއްގެ ހަނދާނުގައި ނެތުމާއި އެކު، އެ ވާހަކަ ހަނދުމަކޮށްދިނުމުގެ ބޭނުމުގައި ލިޔެވިފައިވާ ކަރުދާހެކެވެ . އަދި މިއީ ކެންދޫގައި ހުންނަ ކެންދޫ މަޤާމްފުޅުގެ ޙަޤީ ގަތާއި އެ ބިނާއާއި ބެހޭ ގިނަ މަޢުލޫމާތު އެކުލެވިގެންވާ ކަރުދާހެއް ވެސް މެއެވެ. އެހެންނަމަވެސް ،  މިއީ މަޢުލޫމާތު އެންމެ ފުރިހަމަ ކަރުދާހެއް ވެސް ނޫނެވެ. އެނގިހުރި މިންވަރަކުން، ހޯދުނު މަޢުލޫމާތެއް މި ކަރުދާހު ގައި ހިމަނާލީމެވެ. ކުށްބަހެއް މ ީ ގައިވާނަމަ އެކަމަށް މަޢާފަށް އެދެމެވެ. އަދި ގަސްތުގައި ބައެއް މަޢުލޫމާތު ނުހިމަނާވެސް ދޫކ ޮ ށްލާފައިވާނެއެވެ. އެއީ ކިޔުންތެރިން އަމިއްލަ އަށް މަޤާމްފުޅުގެ މަޢުލޫމާތު ހޯދުމަށް ޝައ...

ނަމޫނާ މިސާލެއް!

 

ނޯޓު: މިއީ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ، އެއްގަމުގޭ، އަލްމަރްހޫމް ޢަލީ ހުސައިންގެ ހަނދާނުގައި ލިއެފައިވާ ޅެމެކެވެ. އެބޭފުޅާއަކީ އެކި ވަރުވަރުން އިސްލާމްދީނަށާއި ދިވެހި ގައުމަށް އެތަށް ހިދުމަތްތަކެއް ކޮއްދީފައިވާ ހަރުދަނާ ޝަހުސިއްޔަތެކެވެ. މިޅެމުގެ މަގުސަދަކީ އެބޭފުޅާއަށް ހުޝާމަދުކުރުމެއް ނޫނެވެ. ނަމަވެސް މިޅެން ހެދިފައިވަނީ އަޅުގަނޑުމެން ދިރިތިބީން، އެބޭފުޅާގެ ހަޔާތުން ނަމޫނާ ލިބިގަތުމުގެ މާތް މަގުސަދުގައެވެ. މާތްﷲ މަރްހޫމާގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. –އާމީން-.

 .....................................................................................

                ނަމޫނާ މިސާލެއް!

ވަކިވެން އެދީ ކައު ހަޟްރަތަށް، ދުނިޔޭގެ ބިން ދޫކޮއްފައޭ

           ވަކިވެން އެދީ އެތަކެއް ލޮލުން،  ކަރުނައިގެ ފެން  ހިލުވާފައޭ

އެދުރެއް އެއީ އެންމެންގެވެސް، ލޮތްބާއި ގަދަރާ ލިބިފަވީ

            ތެދުވެރި  ކަމާ އެކުގާ  މިތާ، ހިދުމަތް  ތަކެއް    ކޮއްދީފައޭ

އުމުރުން އެވާ ވިހި އަހަރުގާ، ފެއްޓެވި މަސައްކަތް ދޭހުގާ

            ޤުރުއާނުގައި    ހިއްޕެވިގޮތަށް،   ދޫކޮއްނުލާ    އުޅިފައި  ވިއޭ

ކޮއްފައިވެއޭ ކަން- ނައިބު ވެސް، އެތަކެއް އަހަރު ވަންދެންމިތާ

            އޮންނާނެހެން ތިން  މަދަރުސާ، ނާޒިރު  ކަމެއް    ކޮއްދީފައޭ

އަގަކާ ނުލާ އެތަކެއް އަހަރު، ޤުރުއާން މިތާ ކިޔަވައިދިނޭ

            އަގަލާ  އެކީ  އެތަކެއް  ބައެއް،   ދަރިވަރުވަނީ    ކޮއްދީފައޭ

ޙިކުމަތުގެ ބޭނުން ކޮއްއުޅޭ، އޮޑިވެރި އިމާމެއް ކަމުގަވީ

           ހިދުމަތުގެ  ބޮޑު  މައިދާނުގައި، އެތަކެއް  ކަމެއް  ކޮއްދީފައޭ

ދިރިތިބި ބައެއް ނަމައީ މިއަދު، އުޅުމުން ފިލާވަޅު ދަސްކުރޭ

           ދިރިއުޅުމުގާ  ބޭނުން ހިފަން،  އެތަކެއް  ދަރުސްތަށް  ދީފައޭ

ލައްވާށިއޭ  ރަޙްމަތް  އެތާ،  ކުއްތަށް  ޢަފޫވާ   ހާލުގާ

           ރައްބު ތިޔަ މާތް  ހަޟްރަތަށް، އެދިގެންކުރާ މީ  ހެޔޮ  ދުޢާ

              *****************






Comments

Popular posts from this blog

ކެންދޫ މަޤާމް

ވާޖިބަށް ވިސްނާ

!... އަހަރެންގެ ހެޔޮ ފާހަގަ، ތިބާ އަށް ބޮޑު މުސާރަ