Thabureyz

ކެންދޫ މަޤާމް

Image
 ކެންދޫ މަޤާމް ކެންދޫ މަޤާމް ކަރުދާހުގެ ޕީ.ޑީ.އެފް ފައިލް . މި ކަރުދާހަކީ  ދިވެހިރާއްޖެ އިސްލާމްވުމުގެ ހާދިސާއާއި ގުޅިގެން، ދިވެހި ރާއްޖޭގެ ރަށެއްގައި ދެކެވޭ ވާހަކައަކާއި އެވާހަކައާއި ގުޅިފައިވާ ބިނާއެއްގެ މަޢުލޫމާތު އެކުލެވޭ ކަރުދާހެކެވެ . މިއީ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގައި ދެކެވޭ ތާރީޚީ ވާހަކައެކެވެ. އަދި މިއީ ރާއްޖެ އިސްލާމްވުމާއި ގުޅިގެން ކެންދޫގައި ދެކެވޭ ،  މި "ޤަދީމީ" ވާހަކަ، މިއަދު ގިނަބައެއްގެ ހަނދާނުގައި ނެތުމާއި އެކު، އެ ވާހަކަ ހަނދުމަކޮށްދިނުމުގެ ބޭނުމުގައި ލިޔެވިފައިވާ ކަރުދާހެކެވެ . އަދި މިއީ ކެންދޫގައި ހުންނަ ކެންދޫ މަޤާމްފުޅުގެ ޙަޤީ ގަތާއި އެ ބިނާއާއި ބެހޭ ގިނަ މަޢުލޫމާތު އެކުލެވިގެންވާ ކަރުދާހެއް ވެސް މެއެވެ. އެހެންނަމަވެސް ،  މިއީ މަޢުލޫމާތު އެންމެ ފުރިހަމަ ކަރުދާހެއް ވެސް ނޫނެވެ. އެނގިހުރި މިންވަރަކުން، ހޯދުނު މަޢުލޫމާތެއް މި ކަރުދާހު ގައި ހިމަނާލީމެވެ. ކުށްބަހެއް މ ީ ގައިވާނަމަ އެކަމަށް މަޢާފަށް އެދެމެވެ. އަދި ގަސްތުގައި ބައެއް މަޢުލޫމާތު ނުހިމަނާވެސް ދޫކ ޮ ށްލާފައިވާނެއެވެ. އެއީ ކިޔުންތެރިން އަމިއްލަ އަށް މަޤާމްފުޅުގެ މަޢުލޫމާތު ހޯދުމަށް ޝައ...

ތަބުރޭޒް

Text Box: ތަބުރޭޒް
Text Box: ތަބުރޭޒް
Text Box: ތަބުރޭޒް

ތަބުރޭޒް                   

ޢަރަބި ދަރިކޮޅު މީހެކޭ، ބުނެވެޔޭ އޭނާ އެއީ
                ކަރަ އަކުން އައިމީހެކޭ، ޔޫސުފުއް ތަބުރޭޒަކީ
މަޣްރިބުން ކަމަށޭ ވަނީ، ރާޖެއަށް އޭނާ އައީ
                މަޣްފިރަތް ދެއްކެވި ކަމުން، ނަންކިޔޭ ތަބުރޭޒަކީ
އަސްލުގައި ތަބްރިޒް އަކީ، ފާރިސީންގެ ނަމެއްވިޔަސް
                އަސްލު މަޣްރިބްގާ އުފަން، މީހެކޭ ތަބުރޭޒަކީ
ބަރްބަރީ ފަހަތަށްލިއޭ، ޔޫސުފުލް ކުރިއަށް ލަމުން
                ބަރްބަރީ ކިޔަކަސް ހެވޭ، ނަންއެވާ ތަބުރޭޒަކީ
ނަންކިޔޭ ބައިވަރު ގޮތަށް، ފޮތްތަކުންވެސް އެކިގޮތަށް
                  ނަންކިއުމުގައި އާދަވީ، ދަންނަހެން ތަބުރޭޒަކީ
ކެންދުއަށް ކަމަށޭވަނީ، އެއްމެ ފުތަރަމަވެސް އައީ
                ދެއްވަމުން ދިޔަ ބަސްތަކުން، މާތްއެވީ ތަބުރޭޒަކީ
މަޑުކުރެއްވި ކަމަށް ބުނާ، ތަނުގައޭ އެޅިފައި އެވީ
                ގަނޑުވަރެއްފަދަ ހުދު ބިނާ، ރަމްޒުވާ ތަބުރޭޒަކީ
ހާދަ ގަދަރެއް އިއްޒަތެއް، ހިތުތެރޭގައި އެބަ ވެޔޭ
                އާދައެއް ކަމު ދެކި ޝުކުރު، ހައްގުވާ ތަބުރޭޒަކީ

                   *******

Comments

Popular posts from this blog

ކެންދޫ މަޤާމް

ވާޖިބަށް ވިސްނާ

!... އަހަރެންގެ ހެޔޮ ފާހަގަ، ތިބާ އަށް ބޮޑު މުސާރަ