Posts

Showing posts from February, 2021

Thabureyz

ކެންދޫ މަޤާމް

Image
 ކެންދޫ މަޤާމް ކެންދޫ މަޤާމް ކަރުދާހުގެ ޕީ.ޑީ.އެފް ފައިލް . މި ކަރުދާހަކީ  ދިވެހިރާއްޖެ އިސްލާމްވުމުގެ ހާދިސާއާއި ގުޅިގެން، ދިވެހި ރާއްޖޭގެ ރަށެއްގައި ދެކެވޭ ވާހަކައަކާއި އެވާހަކައާއި ގުޅިފައިވާ ބިނާއެއްގެ މަޢުލޫމާތު އެކުލެވޭ ކަރުދާހެކެވެ . މިއީ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގައި ދެކެވޭ ތާރީޚީ ވާހަކައެކެވެ. އަދި މިއީ ރާއްޖެ އިސްލާމްވުމާއި ގުޅިގެން ކެންދޫގައި ދެކެވޭ ،  މި "ޤަދީމީ" ވާހަކަ، މިއަދު ގިނަބައެއްގެ ހަނދާނުގައި ނެތުމާއި އެކު، އެ ވާހަކަ ހަނދުމަކޮށްދިނުމުގެ ބޭނުމުގައި ލިޔެވިފައިވާ ކަރުދާހެކެވެ . އަދި މިއީ ކެންދޫގައި ހުންނަ ކެންދޫ މަޤާމްފުޅުގެ ޙަޤީ ގަތާއި އެ ބިނާއާއި ބެހޭ ގިނަ މަޢުލޫމާތު އެކުލެވިގެންވާ ކަރުދާހެއް ވެސް މެއެވެ. އެހެންނަމަވެސް ،  މިއީ މަޢުލޫމާތު އެންމެ ފުރިހަމަ ކަރުދާހެއް ވެސް ނޫނެވެ. އެނގިހުރި މިންވަރަކުން، ހޯދުނު މަޢުލޫމާތެއް މި ކަރުދާހު ގައި ހިމަނާލީމެވެ. ކުށްބަހެއް މ ީ ގައިވާނަމަ އެކަމަށް މަޢާފަށް އެދެމެވެ. އަދި ގަސްތުގައި ބައެއް މަޢުލޫމާތު ނުހިމަނާވެސް ދޫކ ޮ ށްލާފައިވާނެއެވެ. އެއީ ކިޔުންތެރިން އަމިއްލަ އަށް މަޤާމްފުޅުގެ މަޢުލޫމާތު ހޯދުމަށް ޝައ...

ވާޖިބަށް ވިސްނާ

Image
  ވާޖިބަށް ވިސްނާ..! ބ.ކެންދޫ ސުކޫލް ފޮޓޯ: ބ.ކެންދޫ ސުކޫލް ފޭސްބުކް "ޤައުމު ތިބާއަށް ކޮއްދެނީ ކޮންކަމެއްތޯ ނުބަލާ، ތިބާ ޤައުމަށް ކޮއްދިނީ ކޮން ކަމެއްތޯ ބަލާށެވެ." މިއީ މަޝްހޫރު ލިޔުން ކޮޅެކެވެ. އެމެރިކާ ދުއް އެންމެ ޒުވާން ރައީސް ކަމަށްވާ ޖޯން ކެނެޑީ އޭނާގެ ރައީސްކަމާއި ހަވާލުވެ ވަޑައިގެން، ޤައުމާ މުހާތަބު ކުރައްވަމުން ދެއްކެވި އެއް ވާހަކަފުޅެވެ. ކޮންމެ ބޭފުޅަކު ވިދާޅުވި ބަސްފުޅެއް ނަމަވެސް މިއީ ވަރަށްވެސް އަގުބޮޑު ނަސޭހަތެކެވެ. މުޖުތަމައަކަށް ދިރުމާ އާރޯކަން ލިބޭނީ އެމޭރުމުން އަމަލުކޮއްގެން ކަމާމެދު ޝައްކެތްނެތެވެ. ދުނިޔޭގެ ތާރީހުގައި، ޤައުމަކަށް އާރާއި ބާރާއި ، މުއްސަނދިކަން ލިބި އެކަމެއްގައި ދެމިތިބެވި އަދި ކުރިއެރުން ހޯދިފައިވަނީ އެޤައުމެއްގެ މީސްތަކުންގެ އަމިއްލަ އެދުން ދޫކޮށް، ހިދުމަތުގެ މައިދާނުގައި ހިތްވަރު ކުރި ކޮންމެ ފަހަރެއްގައެވެ. "އަހަރެން" މިލަފުޒަށްވުރެ ބޮޑަށް "އަހަރެމެން" ، މިލަފުޒަށް އިސްކަންދިން ޤައުމަކަށް ނޫނީ ތަނަވަސް އުފާވެރި އަދި ހަމަޖެހޭ ދިރިއުޅުމެއް އުޅެވިފައެއް ނެތެވެ. ވާޖިބު ކަންތަށްތަކަކީ އިންސާނުންގެ މައްޗަށް އެކަންތައްތަ...

ނަމޫނާ މިސާލެއް!

  ނޯޓު:   މިއީ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ، އެއްގަމުގޭ، އަލްމަރްހޫމް ޢަލީ ހުސައިންގެ ހަނދާނުގައި ލިއެފައިވާ ޅެމެކެވެ. އެބޭފުޅާއަކީ އެކި ވަރުވަރުން އިސްލާމްދީނަށާއި ދިވެހި ގައުމަށް އެތަށް ހިދުމަތްތަކެއް ކޮއްދީފައިވާ ހަރުދަނާ ޝަހުސިއްޔަތެކެވެ. މިޅެމުގެ މަގުސަދަކީ އެބޭފުޅާއަށް ހުޝާމަދުކުރުމެއް ނޫނެވެ. ނަމަވެސް މިޅެން ހެދިފައިވަނީ އަޅުގަނޑުމެން ދިރިތިބީން، އެބޭފުޅާގެ ހަޔާތުން ނަމޫނާ ލިބިގަތުމުގެ މާތް މަގުސަދުގައެވެ. މާތްﷲ މަރްހޫމާގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. –އާމީން-.  .....................................................................................                 ނަމޫނާ މިސާލެއް! ވަކިވެން އެދީ ކައު ހަޟްރަތަށް، ދުނިޔޭގެ ބިން ދޫކޮއްފައޭ             ވަކިވެން އެދީ އެތަކެއް ލޮލުން،    ކަރުނައިގެ ފެން    ހިލުވާފައޭ އެދުރެއް އެއީ އެންމެންގެވެސް، ލޮތްބާއި ގަދަރާ ލިބިފަވީ          ...