Posts

Showing posts from April, 2021

Thabureyz

ކެންދޫ މަޤާމް

Image
 ކެންދޫ މަޤާމް ކެންދޫ މަޤާމް ކަރުދާހުގެ ޕީ.ޑީ.އެފް ފައިލް . މި ކަރުދާހަކީ  ދިވެހިރާއްޖެ އިސްލާމްވުމުގެ ހާދިސާއާއި ގުޅިގެން، ދިވެހި ރާއްޖޭގެ ރަށެއްގައި ދެކެވޭ ވާހަކައަކާއި އެވާހަކައާއި ގުޅިފައިވާ ބިނާއެއްގެ މަޢުލޫމާތު އެކުލެވޭ ކަރުދާހެކެވެ . މިއީ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގައި ދެކެވޭ ތާރީޚީ ވާހަކައެކެވެ. އަދި މިއީ ރާއްޖެ އިސްލާމްވުމާއި ގުޅިގެން ކެންދޫގައި ދެކެވޭ ،  މި "ޤަދީމީ" ވާހަކަ، މިއަދު ގިނަބައެއްގެ ހަނދާނުގައި ނެތުމާއި އެކު، އެ ވާހަކަ ހަނދުމަކޮށްދިނުމުގެ ބޭނުމުގައި ލިޔެވިފައިވާ ކަރުދާހެކެވެ . އަދި މިއީ ކެންދޫގައި ހުންނަ ކެންދޫ މަޤާމްފުޅުގެ ޙަޤީ ގަތާއި އެ ބިނާއާއި ބެހޭ ގިނަ މަޢުލޫމާތު އެކުލެވިގެންވާ ކަރުދާހެއް ވެސް މެއެވެ. އެހެންނަމަވެސް ،  މިއީ މަޢުލޫމާތު އެންމެ ފުރިހަމަ ކަރުދާހެއް ވެސް ނޫނެވެ. އެނގިހުރި މިންވަރަކުން، ހޯދުނު މަޢުލޫމާތެއް މި ކަރުދާހު ގައި ހިމަނާލީމެވެ. ކުށްބަހެއް މ ީ ގައިވާނަމަ އެކަމަށް މަޢާފަށް އެދެމެވެ. އަދި ގަސްތުގައި ބައެއް މަޢުލޫމާތު ނުހިމަނާވެސް ދޫކ ޮ ށްލާފައިވާނެއެވެ. އެއީ ކިޔުންތެރިން އަމިއްލަ އަށް މަޤާމްފުޅުގެ މަޢުލޫމާތު ހޯދުމަށް ޝައ...

!... އަހަރެންގެ ހެޔޮ ފާހަގަ، ތިބާ އަށް ބޮޑު މުސާރަ

Image
!...  އަހަރެންގެ ހެޔޮ ފާހަގަ، ތިބާ އަށް ބޮޑު މުސާރަ ފޮޓޯ: ބަޖެޓް ހޮލިޑޭ މޯލްޑިވްސް ދުނިޔޭގައި އިންސާނުން ދިރިއުޅެނީ އެމީހަކަށް މިންވަރު ކުރެއްވި ހާލަކައިގެންނެވެ. ތަނަވަސްކަމާ އާރާއި ބާރުގައި އެއްބަޔަކު އުޅޭއިރު އަނެއްބައި މީހުން އެބައިމީހުންގެ އަނގަޔާއި އަތާއި ދިމާ ނުވާ ހާލުގައިވެސް އުޅެއެވެ. އަދި އަނެއް ބަޔަކު އެއަށްވުރެ ވެސް ނިކަމެތި ހާލުގައި އުޅެއެވެ. ހަމަ އެޔާއެކު މާ ބޮޑު ތަނަވަސްކަމެއް ނެތި، ލިބޭ މިންވަރުން ދެކޮޅުޖެހޭ (މެދުމިނުގެ) މީހުންވެސް އުޅެއެވެ. އަޅުގަނޑުމެންގެ ދިވެހި މުޖުތަމައުތަކުގައި ގިނައީ މިދެންނެވި މެދުމިނުގެ އާއިލާ ތަކެވެ............ ޖުމްހޫރީ ވެރިކަމެއްގައި، ރިޔާސީ ނިޒާމެއްގެ ތެރޭގައި ހިނގަމުންދާ މި ދިވެހި ރާއްޖޭގައި ވެސް އެތަކެއް އިންތިހާބުތަކެއް އޮވެއެވެ. ދިވެހިންގެ ކުރިމަތީގައި މިހާރު އޮތް އިންތިހާބަކީ ލޯކަލް ކައުންސިލް އިންތިހާބެވެ. ކުދިކުދި ރަށްތަކާއި އަތޮޅުތަކާއި ސިޓީ ތަކުގެ އިންތިހާބެވެ. މި ކުދި ކުދި މުޖުތަމައުތަކުގެ ތަރައްގީ އާއި ލާބައަށް އެ މުޖުތަމައުތަކުން "އިސްނަގާ" އެތަކެއް ބަޔަކު ވަނީ ކުރިމަތި ލާފައެވެ. މިއިން ކޮންމެ ކެނޑިޑޭޓެއްގެ ވެސް ނިޔަތަ...