Posts

Showing posts from March, 2021

Thabureyz

ކެންދޫ މަޤާމް

Image
 ކެންދޫ މަޤާމް ކެންދޫ މަޤާމް ކަރުދާހުގެ ޕީ.ޑީ.އެފް ފައިލް . މި ކަރުދާހަކީ  ދިވެހިރާއްޖެ އިސްލާމްވުމުގެ ހާދިސާއާއި ގުޅިގެން، ދިވެހި ރާއްޖޭގެ ރަށެއްގައި ދެކެވޭ ވާހަކައަކާއި އެވާހަކައާއި ގުޅިފައިވާ ބިނާއެއްގެ މަޢުލޫމާތު އެކުލެވޭ ކަރުދާހެކެވެ . މިއީ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގައި ދެކެވޭ ތާރީޚީ ވާހަކައެކެވެ. އަދި މިއީ ރާއްޖެ އިސްލާމްވުމާއި ގުޅިގެން ކެންދޫގައި ދެކެވޭ ،  މި "ޤަދީމީ" ވާހަކަ، މިއަދު ގިނަބައެއްގެ ހަނދާނުގައި ނެތުމާއި އެކު، އެ ވާހަކަ ހަނދުމަކޮށްދިނުމުގެ ބޭނުމުގައި ލިޔެވިފައިވާ ކަރުދާހެކެވެ . އަދި މިއީ ކެންދޫގައި ހުންނަ ކެންދޫ މަޤާމްފުޅުގެ ޙަޤީ ގަތާއި އެ ބިނާއާއި ބެހޭ ގިނަ މަޢުލޫމާތު އެކުލެވިގެންވާ ކަރުދާހެއް ވެސް މެއެވެ. އެހެންނަމަވެސް ،  މިއީ މަޢުލޫމާތު އެންމެ ފުރިހަމަ ކަރުދާހެއް ވެސް ނޫނެވެ. އެނގިހުރި މިންވަރަކުން، ހޯދުނު މަޢުލޫމާތެއް މި ކަރުދާހު ގައި ހިމަނާލީމެވެ. ކުށްބަހެއް މ ީ ގައިވާނަމަ އެކަމަށް މަޢާފަށް އެދެމެވެ. އަދި ގަސްތުގައި ބައެއް މަޢުލޫމާތު ނުހިމަނާވެސް ދޫކ ޮ ށްލާފައިވާނެއެވެ. އެއީ ކިޔުންތެރިން އަމިއްލަ އަށް މަޤާމްފުޅުގެ މަޢުލޫމާތު ހޯދުމަށް ޝައ...

ހަސަދައިގެ "ފަނި"

Image
  ހަސަދައިގެ "ފަނި" ރާއްޖޭގެ ކުރީގެ ރައީސް، ރައީސް ނަޝިދު ކެންދުއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޮޓޯ: ރައީސް އޮފީސް ޢިމްތިޙާނުގެ ގޮވައްޗެކަމުގައި މިދުނިޔެ ލައްވައި، އިންސާނާ މި ދުނިޔޭގައި ޚަލީފާވެރި ކުރެއްވިއެވެ. އެހެން ކަމުން އިންސާނުންގެ ކިބައިން ފިތުނަވެރި ޢަމަލުތަކެއް ފެނުމަކީ ޤުދުރަތީ ޤާނޫނުގެ ތެރެއިން ތަދުބީރުވަމުން ހިނގާ ކަންތައްތަކެކެވެ. އިންސާނާއަށް އޮތީ ވީވަރަކުން، މިފަދަ ފިތުނަވެރި އެންމެހާ ޢަމަލުތަކުން ދުރުވުމެވެ. މިފަދަ ފިތުނަވެރި ޢަމަލުތަކުގެ ތެރެއިން އަޅުގަނޑުމެންގެ މުޖުތަމައުތަށް ރޫޅި، ހަލާކުގެ މަގަށް މިސަރާބު ޖެހުވި އެއްމެ ނުބައި ފިތުނައަކީ ހަސަދަވެރިކަމެވެ. ހަސަދައިގެ މި "ފަނި" ނުވަންނަ ދޭތެރެއެއް މަދެވެ. ބޮޑެތި، ދުރު ދޭތެރެ ތަކަށާއި ކުދި، ފިތި ދޭތެރެ ތަކަށްވެސް މެއެވެ. ހަސަދަވެރި ކަމަކީ އެމީހަކު ހަލާކު ކުރަނިވިފަދަ ނުބައި ސިފައެކެވެ. މާތްވެގެންވާ ކީރިތި ޤުރުއާނުގައި އެ ޢަމަލެއް އެއީ ނުބައި ޢަމަލެއްކަމަށް ބަޔާންވެގެން ވާނީ، ހަމަ ގައިމުވެސް އެ ޢަމަލެއްގެ ނުބައިކަން އިންތިހާއަށް ވާތީއެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވާފައިވާ ބަސ...