Posts

Showing posts from November, 2019

Thabureyz

ކެންދޫ މަޤާމް

Image
 ކެންދޫ މަޤާމް ކެންދޫ މަޤާމް ކަރުދާހުގެ ޕީ.ޑީ.އެފް ފައިލް . މި ކަރުދާހަކީ  ދިވެހިރާއްޖެ އިސްލާމްވުމުގެ ހާދިސާއާއި ގުޅިގެން، ދިވެހި ރާއްޖޭގެ ރަށެއްގައި ދެކެވޭ ވާހަކައަކާއި އެވާހަކައާއި ގުޅިފައިވާ ބިނާއެއްގެ މަޢުލޫމާތު އެކުލެވޭ ކަރުދާހެކެވެ . މިއީ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގައި ދެކެވޭ ތާރީޚީ ވާހަކައެކެވެ. އަދި މިއީ ރާއްޖެ އިސްލާމްވުމާއި ގުޅިގެން ކެންދޫގައި ދެކެވޭ ،  މި "ޤަދީމީ" ވާހަކަ، މިއަދު ގިނަބައެއްގެ ހަނދާނުގައި ނެތުމާއި އެކު، އެ ވާހަކަ ހަނދުމަކޮށްދިނުމުގެ ބޭނުމުގައި ލިޔެވިފައިވާ ކަރުދާހެކެވެ . އަދި މިއީ ކެންދޫގައި ހުންނަ ކެންދޫ މަޤާމްފުޅުގެ ޙަޤީ ގަތާއި އެ ބިނާއާއި ބެހޭ ގިނަ މަޢުލޫމާތު އެކުލެވިގެންވާ ކަރުދާހެއް ވެސް މެއެވެ. އެހެންނަމަވެސް ،  މިއީ މަޢުލޫމާތު އެންމެ ފުރިހަމަ ކަރުދާހެއް ވެސް ނޫނެވެ. އެނގިހުރި މިންވަރަކުން، ހޯދުނު މަޢުލޫމާތެއް މި ކަރުދާހު ގައި ހިމަނާލީމެވެ. ކުށްބަހެއް މ ީ ގައިވާނަމަ އެކަމަށް މަޢާފަށް އެދެމެވެ. އަދި ގަސްތުގައި ބައެއް މަޢުލޫމާތު ނުހިމަނާވެސް ދޫކ ޮ ށްލާފައިވާނެއެވެ. އެއީ ކިޔުންތެރިން އަމިއްލަ އަށް މަޤާމްފުޅުގެ މަޢުލޫމާތު ހޯދުމަށް ޝައ...

ދިވެހި ރާއްޖެ، "ރާއްޖެ" އަކަށް ބަދަލުވަނީ

Image
ދިވެހި ރާއްޖެ، "ރާއްޖެ" އަކަށް ބަދަލުވަނީ އިންޑިޔާ ކަނޑުގައި މުތީތަކެއް ފަދައިން ވިދަ ވިދާ އޮންނަ މި، ޖަޒީރާ ދިވެހިރާއްޖެއަކީ އަމިއްލަ ސަގާފަތަކާއި އަމިއްލަ ބަހެއް އޮންނަ މިނިވަން ގައުމެކެވެ. އިސްލާމީ ހުދު ދިދަ ، އެ ގައުމެއްގައި އުފުލިފައިވާ އިސްލާމީ ގައުމެކެވެ. މި ދުނިޔޭގައި ދިވެހި ރާއްޖެ ވަކި ޝަހުސެއްގެ ގޮތުގައި ދެމި އޮއްނަނީ ދިވެހީންގެ އަމިއްލަ ބަހާއި ސަގާފަތުގެ ސަބަބުންނެވެ. ވީއިރު، ދިވެހިން ދިވެހިންގެ ބަހާ ސަގާފަތާ ދުރަށް ދިއުމަކީ އަޅުގަނޑުމެންގެ ކާބަފައިންނަށް ވެވޭ ބޮޑު ބޭއިންސާފެކެވެ. ގައުމަށްވެވޭ ހިޔާނާތެކެ. ނަމަވެސް ހިތާމައަކީ މިއަދު، ނޭނގި ތިބެ ނަމަވެސް ދިވެހީންގެ ގިނަ ބަޔަކު މި ހިޔާނާތުގައި ބައިވެރިވާކަމެވެ. ނޭނގި ތިބެ "ދިވެހި ރާއްޖެ" ބަދަލު ކޮއްލެވެނީ "ރާއްޖެ" އަކަށެވެ. ގައުމެއްގެ ސަގާފަތާއި އާދަކާދަތަށް ދިރުވާ އާލާކުރުމަކީ އެ ގައުމެއްގެ އަފުރާދުންގެ ގައުމީ ވާޖިބެކެވެ. ކޮންމެ ފުރާނައެއްގެ ޒިންމާއެކެވެ. އެހެނެއްކަމަކު ބައެއްގެ ތެރޭގައި އޮންނަ ނޭދެވޭ ސަގާފަތެއް ނުވަަތަ އާދައެއް ދިރުވުން އެއީ ލާޒިމު ކަމެއްނޫނެވެ. ނަމަވެސް ރިވެތި އ...

ތަބުރޭޒް

Image
ތަބުރޭޒް                    ޢަރަބި ދަރިކޮޅު މީހެކޭ، ބުނެވެޔޭ އޭނާ އެއީ                 ކަރަ އަކުން އައިމީހެކޭ، ޔޫސުފުއް ތަބުރޭޒަކީ މަޣްރިބުން ކަމަށޭ ވަނީ، ރާޖެއަށް އޭނާ އައީ                 މަޣްފިރަތް ދެއްކެވި ކަމުން ، ނަންކިޔޭ ތަބުރޭޒަކީ އަސްލުގައި ތަބްރިޒް އަކީ، ފާރިސީންގެ ނަމެއްވިޔަސް                 އަސްލު މަޣްރިބްގާ އުފަން، މީހެކޭ ތަބުރޭޒަކީ ބަރްބަރީ ފަހަތަށްލިއޭ، ޔޫސުފުލް ކުރިއަށް ލަމުން                 ބަރްބަރީ ކިޔަކަސް ހެވޭ، ނަންއެވާ ތަބުރޭޒަކީ ނަންކިޔޭ ބައިވަރު ގޮތަށް، ފޮތްތަކުންވެސް އެކިގޮތަށް                     ނަންކި...